ޚަބަރު

ޤަވާއިދާ ޚިލާފަށް ކުޅުދުއްފުށީގައި އުޅޭ ބިދޭސީން ހޯދާ ރަށުން ފޮނުވާލަނީ

Off 22

ޤަވާއިދާ ޚިލާފަށް ކުޅުދުއްފުށީގައި އުޅޭ ބިދޭސީން ހޯދާ ރަށުން ފޮނުވާލުމަށް 1 މެއި 2011 ފެށިގެން ޚާއްޞަ މަސައްކަތްތަކެއް ކުރާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޖަމްޝީދު މުޙަންމަދު ސޮއިކުރައްވައި 21 އޭޕްރީލް 2011 ވަނަ ދުވަހު ނެރުއްވާފައިވާ އިޢްލާނެއްގައި ވާގޮތުގައި މިހާރަކަށް އައިސް ކުޅުދުއްފުށީގައި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން އިތުރުވުމުގެ ސަބަބުން ރަށުގެ އިޖްތިމަޢީ އަދި އިޤްތިޞާދީ ހާލަތުދަނީ ދަށްވަމުންނެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ އަދި އެފަދަ ފަރާތްތަކަށް އެހީތެރިކަމާ މަދަދުވެރިވާ ފަރާތްތައްހޯދައި އެފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމަށާއި މިކަމުގައި ކުޅުދުއްފުށީގެ އެންމެހައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންފުޅުވާކަމަށްވެސް އެ އިޢްލާންގައިވެއެވެ.

ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުންނެވެ. އަދި އޭގެތެރެއިން ގިނަ ފަރާތްތަކަކީ ޤަވާއިދާ ޚިލާފަށް އައިސްއުޅޭ މީހުންކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެއެވެ.