ޚަބަރު

އަޒްނީމް ފަދަ އެތުލީޓަކަށްވުމަށް އޭ.އެސްގެ ދަރިވަރުންނަށް ރައީސް ގޮވާލައްވައިފި

Off 27

އަޒްނީމް ފަދައިން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުޅުދުއްފުށްޓާއި ދިވެހިރާއްޖެ ތަމްސީލްކުރާ އެތުލީޓަކަށްވުމަށާއި، އެކުއްޖެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ނުޖެހި ކުރިއަށް ދިއުމަށް އަފީފުއްދީން ސްކޫލްގެ އެތުލީޓުންނަށް، ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޖަމްޝީދު މުޙަންމަދު ގޮވާލައްވައިފިއެވެ.

އިއްޔެ ހެނދުނު 06:30 ން ފެށިގެން ކުރިއަށްދާ، އަފީފުއްދީން ސްކޫލްގެ 7 ވަނަ އެތުލެޓިކްސް މުބާރާތް ހުޅުވުމަށްޓަކައި އިއްޔެ ހަވީރު 04:30 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މި މުބާރާތުގެ ޝަރަފްވެރި މެހެމާން ޖަމްޝީދު ވިދާޅުވިގޮތުގައި ކުޅުދުއްފުށީގެ ދަރިއަކު (ކުޅުދުއްފުށީ ގްޑްލަކް އަޒްނީމް އަޙްމަދު) މިހާރުވެސް ރާއްޖޭން ބޭރުގެގައި އޮންނަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކުރަމުން އެބަދެއެވެ. ވީމާ އެފަދަ ކުއްޖަކަށްވުމަށް އަފީފުއްދީން ސްކޫލްގެ އެތްލީޓުންނަށް ގޮވާލެއްވިއެވެ. އަދި މާޒީގައިވެސް ކުޅުދުއްފުށީގެ ދަރިން ޤައުމީ ފެންވަރުގެ އެތައް މުބާރާތްތަކެއްގައި ކުޅުދުއްފުށީ ތަމްސީލްކޮށް ކާމިޔާބު ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުޅުދުއްފުށީ ނިކަގަސްދޮށުގޭ އަލްފާޟިލް މުޙަންމަދު މޫސާގެ ނަން ފާހަގަކުރެއްވިއެވެ. މިފަދަ ފަރާތްތައް ދަރިވަރުންނަށް ތަޢާރްފަކޮށްދީ މިފަދަ މުބާރާތްތައް ޝަރަފްވެރި ކުރެއްވުމަށް ދަޢުވަތު އެރުވުމަކީ ވަރަށް މުހިންމުކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެފަދަ ބޭފުޅުންނަށް ދަޢުވަތު އެރުވުމަށް ސްކޫލްތަކަށް ގޮވާލެއްވިއެވެ.

އަފީފުއްދީން ސްކޫލުގެ 4 ހައުސްގެ މެދުގައި ބޭއްވޭ މި އެތުލެޓިކްސް މުބާރާތުގައި 11 އަހަރުންދަށް، 13 އަހަރުންދަށް އަދި 15 އަހަރުން ދަށުގެ އުމުރު ފުރާއިން އަންހެން އަދި ފިރިހެން ޖުމްލަ 131 ކުދިން ބައިވެރިިވެއެވެ. މި މުބާރާތުގައި ހިމެނޭ ކުޅިވަރިތަކުގެ ތެރޭގައި ލޯންގް ޖަމްޕް، ސޮފްޓްބޯލް ތުރޯ، ހާޑްބޯލް ތުރޯ، ސްޕްރިންޓް އަދި ރިލޭ ހިމެނެއެވެ. 2010 ވަނަ އަހަރު ބޭއްވުނު 6 ވަނަ އެތުލެޓިކްސް މުބާރާތް ކާމިޔާބުކޮށްފައިވަނީ 132 ޕޮއިންޓާއެކު ޣާޒީ ހައުސްއެވެ.

-ހަބަރު: ޒުވާނުންގެދިރުން-