ޚަބަރު

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަކަށް އަލްފާޟިލް އިބްރާހިމް ރަމީޒް ހޮވައިފި

0 72

ކުޅުދުއްފުށީ ކައުންސިލްގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި ޖަމްޝީދު މުޙައްމަދު އިއްޔެ އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، މިއަދު 14:00 މިކައުންސިލްގައި ބޭއްވުނު ކުއްލި ބައްދަލުވުމުގައި، އެންމެ ފަރާތެއް ރައީސްކަމަށް ކުރިމަތިލާފައިވުމާއި ގުޅިގެން ނެގުނު ފެންނަ ނުފެންނަ ވޯޓަކުން ކުޅުދުއްފުށީ ޔޫރަޕް އަލްފާޟިލް އިބްރާހިމް ރަމީޒްވަނީ ކައުންސިލްގެ ރައީސް ކަމަށް ހޮވާފައެވެ. މިބައްދަލުވުމުގައި ތިއްބެވި 6 ކައުންސިލަރުންނަށްވެސް ވަނީ އިބްރާހިމް ރަމީޒް ރައީސްކަމަށް ހުންނެވުމަށް ފެނިވަޑައިގެންފައެވެ. ކުރީގެ ރައީސް ޖަމްޝީދު މުހައްމަދުގެ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން މިބައްދަލުވުމުގައި ބައިވެރިވެ ނުލައްވައެވެ.